ކްރޮސް ސަބްސިޑީ އުސޫލުން ޅ. މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފިއެވެ.
ކްރޮސް ސަބްސިޑީ ނުވަތަ މަޝްރޫއެއް ހިންގުމަށް ފައިސާ ދޭ މަތިން ރަށެއް/ފަޅެއް ދޭ އުސޫލުން ޅ. މަޑިވަރު އެއާޕޯޓު ބައިންލައަގުވާމީ ފެންވަރަށް ތަރައްގީކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.
އެ ގަރާރުގައިވާ ގޮތުން، އެ މަޝްރޫއަށް ފައިނޭންސް ކުރަންޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވި މަޑިވަރު އެއާޕޯޓަކީ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ހެދި އެއާޕޯޓެކެވެ. އެއާޕޯޓްގެ އަމަލީ މަސައްކަތްކުރީ ޗައިނާގެ ބީޔޫސީޖީންނެވެ. އެތަން ހިންގައި ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސާވިސަސްއާއެވެ.
މަޑިވަރުގައި އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓުތައް ޕާކު ކުރާނެ ސަރަހައްދަކާއި ފަޔާ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދާފައިވެއެވެ. އޭގެ އިތުރުން އެއާޕޯޓުގެ ޓާމިނަލް އިމާރާތާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމައި، ގްރައުންޑު ހޭންޑްލިންއަށް ބޭނުންވާ ސާމާނުވެސް ވަނީ ހަރުކޮށްފައެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ފައިސާ ހޯދަންވެސް ރައީސް ވަނީ ގަރާރެއް ނެރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު