މޯލްޑިވްސް މެރިން އެކްސްޕޯގެ އަށް ވަނަ އެޑިޝަންގެ ސްޕޮންސަރުންނާ އެކު މިއަދު ސޮއިކޮށްފިއެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ އެ އެކްސްޕޯގެ ހޯސްޓް ސްޕޮންސަރަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. މެރިން އެކްސްޕޯގެ ސްޕޮންސަރުންގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީވެސް ހިމެނެއެވެ.

މެރިން އެކްސްޕޯގެ ސޮޕްންސަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ބައެއް އަމިއްލަ ކުންފުނިތައް ހިމެނެއެވެ. އެގޮތުން ހޯކްސް ޕްރައިވެޓް ލިމިޓެޑް އަދި އަލް ޝާލީ މެރިން ކުންފުންޏަކީވެސް މެރިން އެކްސްޕޯގެ ސްޕޮންސަރުންނެވެ.

އެ އެކްސްޕޯގެ މީޑިއާ ސޮޕްސަރަކީ "ވަން"އެވެ. އެ އެއްބަސްވުމުގައި "ވަން"ގެ ފަރާތުން ސޮއިކުރެއްވީ ވަން މީޑިއާ ގްރޫޕުގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. އެންބީއެމްގެ ފަރާތުން ސޮއިކުރެއްވީ މީޑިއަމް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު ޝާމް މުހައްމަދުއެވެ.

މިއީ ރާއްޖޭގެ މެރިން ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަމައެކަނި އެކްސްޕޯއެވެ. މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދާނީ އަންނަ މާޗު މަހުގެ 15 އިން 18 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މެރިން އެކްސްޕޯގެ އަށްވަނަ އެޑިޝަންއެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ މި އެކްސްޕޯގައި 50 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ.

އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކުގެ އިތުރުން މެރިން ފުޑްސް އުފައްދާ ފަރާތްތަކުން ބައިވެރިވާނެއެވެ.

އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ މާޗު މަހުގެ 15،16،17،18 ވަނަ ދުވަހު، ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 11:00 އަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.

  • އޮފިޝަލް ހޮސްޓް: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
  • މެއިން ސްޕޮންސަރު: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
  • ކޯ ސްޕޮންސަރު: ގަލްފް ކްރާފްޓް މޯލްޑިވްސް
  • އޮފިޝަލް ފިއުލް ސަޕްލަޔާ: ހޯކްސް
  • އޮފިޝަލް ބޯޓް ބިލްޑިން ޕާޓްނަރު: އަލް ޝާލީ މެރިން
  • އޮފިޝަލް ޕްރޮޑަކްޓް ޕާޓްނަރު: ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް
  • އޮފިޝަލް މެރިން އިންޖިން ޕާޓްނަރު: ހޮންޑާ މެރިން / މެރިން ވައިބްސް
  • އޮފިޝަލް ވޯޓާ ސްޕޯޓްސް ޕާޓްނަރު: އޯޝަން ގްރޫޕު
  • އޮފިޝަލް ސަޕްލަޔާ: މެރިން އިކުއިޕްމަންޓް
  • އޮފިޝަލް ޑައިވިން އިކުއިޕްމަންޓް ސަޕްލަޔާ: އިޓަޖައި އިންޑިއާ
  • އޮފިޝަލް އެއާލައިން ޕާޓްނަރު: ސްރީލަންކަން އެއާލައިންސް
  • އެކޮމޮޑޭޝަން ޕާޓްނަރުން: ބީހައިވް ހޮޓެލް އަދި މާގިރި ސިޓީ ހޮޓެލް
  • އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު: އެލައިޑް އިންޝުއަރެންސް
  • އޮފިޝަލް ބޯޓް ކްލީނިން ޕްރޮޑަކްޓް: ކްލީން2ގްލީމް
  • އޮފިޝަލް މެރިން ޕެއިންޓް: ދަމާސް
  • ހައިޖީން ޕާޓްނަރު: ކްލީންޓެކް
  • ޕްރިންޓިން ޕާޓްނަރު: ގްރެފައިޓް
  • ޕަބްލިޝިން ޕާޓްނަރު: އެމް ސެވަން
  • ކޮފީ ޕާޓްނަރު: ޝޮޓް ބެވަރެޖް
  • ބެވަރެޖް ޕާޓްނަރު: ރައުޗް ބްރޭންޑް (ހެޕީ މާކެޓް)
  • ސައުންޑް އެންޑް ލައިޓް ޕާޓްނަރުން: މޯލްޑިވްސް މޯމެންޓްސް އަދި އޮފިޝަލް އިވެންޓްސް
  • މީޑިއާ ޕާޓްނަރުން: ވަން އޮންލައިން، އައިއެމްޓީއެމް އަދި މިނޫސް
  • އޮފިޝަލް ޓެބްލޮއިޑް ޕާޓްނަރު: ދަ އައިލެންޑް ޗީފް
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ޕާޓްނަރު: މޯލްޑިވްސް ބިޒްނަސް ނެޓްވޯޑް
  • ބްރޯޑްކާސްޓިން ޕާޓްނަރު: ޖީ ލައިވް
  • ސަޕޯޓިން ޕާޓްނަރުން: މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އެސްއެމްއީ އެންޑް އެންޓެޕްރިނިއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (އެސްއީއެފްއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ