މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަމިއްލަ ފަރާތަކުން އެދިގެން މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސޯލްޓު ކެފޭ ރެސްޓޯރަންޓު ކުރިމަތިން ފަޅުތެރޭގައްޔާއި ދޯންޏެއްގައެވެ.
ޖުމްލަ ތިން މިނެޓަށް ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 9:30ގައެވެ.
މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށްގެންދާ އިވެންޓެކެވެ. އެނގިފައިވާ ގޮތުގައި މިއީ ކައިވެނި ހަފުލާއަކާ ގުޅިގެން އަރުވާ ހަވާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު