ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށް ކައިރިން އިއްޔެ ފެނުނު ކިނބޫ ހިފުމަށް ފަހު ކަނޑަށް ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އެ ކިނބޫ ފެނުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބޮލިދުއްފަރު ގޮނޑުދޮށް ކައިރިން ފެނުނު ކިނބޫ މިއަދު ހެނދުނު ހިފާފައިވާ ކަމަށެވެ އަދި ކިނބޫ ހިފުމަށް ފަހު ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުބް ބުނީ އެ ކިނބުލުގެ ދިގު މިނުގައި 14 ފޫޓް ހުރި ކަމަށެވެ.