މާލެ ސިޓީގެ ނީލަން ފިހާރަ ކުރިން ހުރި ސަރަހައްދުގައި ނީލަން ފިހާރަ ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ.
ސިޓީ ކައުންސިލުން ނިންމީ، ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ދެން އެ ވިޔަފާރި ނުހިންގޭނެ ކަމަށާއި އެތަން ހިންގަން މާލެ ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދޫކުރަން ސަރުކާރުގައި އެދުމަށެވެ.
"ނީލަން ފިހާރަ ހިންގަން ސަރުކާރުން ޖާގަ ނުދެންޏާ ވާނެ ގޮތަކީ ނީލަން ފިހާރަ ނުވަތަ ސެކަންޑް ހޭންޑް މާކެޓް ވަގުތީ ގޮތުން ވިޔަސް މާލެ ސިޓީގައި ނެތިގެންދާނެ،" މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖަށް ނީލަން ފިހާރަ ބަދަލުކުރިޔަސް އެތަން ހިންގާނީ އޮންނަ އުސޫލުގެ ދަށުން ފުރުސަތަށް ހުޅުވާލައިގެން އެކަން ކުރަން ބޭނުންވާ މީހުންނަށް ކަމަށެވެ.
މާލޭގައި ހުންނަ ނީލަން ފިހާރައިގައި މިދިޔަ ހޯމަ ދުވަހު ރޯވެ އެތަން ވަނީ އަނދައި އަޅިއަށްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު