ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ގުޅީގައި އެ ހިދުމަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ ހިދުމަތް ފެށުމުގެ ގޮތުން ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ބޭންޑް "އޭ" އަށް ދިހަ ރުފިޔާ، ބޭންޑް "ބީީ" އަށް ބާރަ ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް "ސީ" އަށް ތޭރަ ރުފިޔާ ފަންސާސް ލާރީގެ މަގުން ފައިސާ ނަގާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ގުޅީގެ އިތުރުން ސްޓެލްކޯއިން އަންނަނީ އދ. މަހިބަނދޫ އާއި ކ. ގާފަރުގައިވެސް އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު