ބާޒާރުގައި ދޮން އަނބު ތިޔާގިވެއްޖެއެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައިވެސް މިއަދު އެންމެ ގިނައިން ފެންނަން ހުރީ ތާޒާ ދިވެހި ދޮން އަނބެވެ. އަދި ދަތުރުވެރިންގެ މާރުކޭޓް ބޭރު މަގުގައި ބަހައްޓާފައި ހުރި މޭޒުތަކުގައިވެސް މުޅީންވެސް ހުރީ ދޮން އަނބެވެ. އެންމެ ގިނައިން ފެންނަން ހުރީ ފުވައްމުލަކު އަނބެވެ.
ބާޒާރުގައި އަނބު ތިޔާގި ނަމަވެސް އަގުތައް ހެވެއް ނޫނެވެ. ގިނަ ގޮޅިތަކުން 14 ނޫނީ 15 އަނބު ހިމެނޭ ބައެއް ވިއްކަމުންދަނީ 100 ރުފިޔާއަށެވެ. ކިލޯ ކިރައިގެން ވިއްކާނަމަ އަނބު ކިލޯއެއްގެ އަގު އުޅެނީ 55ރ އިން ފެށިގެން 80ރ ދެމެދުގެ އަގުތަކުގައެވެ. ބައެއް ގޮޅިތަކުން އަނބެއް 10 ރުފިޔާއަށްވެސް ވިއްކަން އެބަހުއްޓެވެ.
ބާޒާރުމަތީގެ އިތުރުން އިތުރުން މާލޭގެ އެކި ރީޓެއިލް ފިހާރަތަކުގައިވެސް މިއަދު ދޮން އަނބު ތިޔާއްގެވެ. ފިހާރަތަކުގައި އަނބު ވިއްކަން ހުރީ ކިލޯއެއް 55ރ އިން ފެށިގެން 80ރ ދެމެދުގެ އަގެއްގައެވެ.
ގިނަ ވިޔަފާރިވެރިން ބުނާ ގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަހުވެސް ބާޒާރުން ދިވެހި އަނބު ދަތިކަމެއް ނެތި ލިބެން ހުންނާނެއެވެ. އަނބު މޫސުން އަދި ކުރިއަށް އޮތީ ކަމަށާއި ކުރިއޮތް ދުވަސްތަކުގައި މާރުކޭޓުގައި އަނބު ގިނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ. އެއާއެކު އަގަށްވެސް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު