ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މި އަހަރުގެ ސީއެސްއާރު ހަރަކާތްތަކާއި ޕްރޮގްރާމްތައް ފިޔަވަތި ކުދިންނާއެކު ނިންމާލައިފިއެވެ.
އެޗްޑީސީން އިއްޔެ ވަނީ ފިޔަވަތީގެ ކުދިންނަށް ''ފިޔަވަތި ފަންޑޭ'' ގެ ނަމުގައި އަހަރީ ހަވީރެއް ފަރުކޮޅުފުށީގައި ބާއްވައިފައެވެ.
އެ ހަވީރުގައި ފިޔަވަތީގެ 90 އަށްވުރެ ގިނަ ކުދިން އަދި އެ ކުދިން ބަލަހައްޓާ މީހުން ބައިވެރިވި އިރު، ބައިވެރިވި ހުރިހާ ކުދިންނަށް އެޗްޑީސީން ވަނީ ހަދިޔާ ދީފައެވެ.
އެޗްޑީސީން ދަނީ ފިޔަވަތި ކުދިންނަށް ސިލްސިލާ އެކިއެކި ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިދިޔަ ސްކޫލް ބަންދާ ގުޅިގެންވެސް ވފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އެ ކޯޕަރޭޝަންގެ ފަރާތުން ވަނީ ބާއްވައިފައެވެ.
ފަރުކޮޅުފުށި ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކުޅިވަރު ކުޅުމުގެ އިތުރުން މޫދު ކުޅިވަރުގެ އެކި ހަރަކާތްތަކާއި ބާބަކިއު ހެދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައިރު، އެ ހަރަކާތުގައި ފިޔަވަތީގެ 80 އަށް ވުރެ ގިނަ ކުދިން ބައިވެރިވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު