އަންނަ ޖެނުއަރީ މަހުން ފެށިގެން ވަކީލުންގެ އަތުން އިތުރު ފީތަކެއް ނަގަން ބާ ކައުންސިލުން ނިންމައިފިއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން ދެމުންދާ ހިދުމަތްތަކާ ގުޅޭ ފީތައް ބޮޑުކޮށް އަދި ބައެއް އާ ފީތައް ކަނޑައަޅަން ނިންމީ އަންނަ އަހަރަށް އެ ކައުންސިލަށް ލިބިފައިވާ ބަޖެޓް ކުޑަކަމުން ކަމަށެވެ.
ބާ ކައުންސިލުން ނިންމި ނިންމުމުގައި ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރުމުގެ އިތުރުން ލޯ ފާމް ހިންގުމަށާއި އަމިއްލަ ލީގަލް ޕްރެކްޓިސް ކުރުމުގެ ހުއްދައަށްވެސް ފީއެއް ވަނީ ކަނޑައަޅައިފައެވެ.
މި ފީތައް ނަގަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ.
- ވަކީލު ކަމުގެ ހުއްދަ ދޫކުރުން - 2،000 ރުފިޔާ
- ސުޕްރީމް ކޯޓުގެ ހުއްދަ - 2،000 ރުފިޔާ
- ހައި ކޯޓުގެ ހުއްދަ - 1،500 ރުފިޔާ
- ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމާއި އާކުރުން 2،000 ރުފިޔާ
- ލޯފާމް ރަޖިސްޓްރީ ކުރުމަށް، އަދި އަހަރީ ފީ 2،000 ރުފިޔާ
- ލީގަލް ޕްރެކްޓިސްގެ ރަޖިސްޓްރީ ކރުމަށް، އަދި އަހަރީ ފީ 1،000 ރުފިޔާ
- ވަކީލު ކަމުގެ ހުއްދައިގެ ކާޑު ހެއްދުމާއި އާކުރުމަށް - 500 ރުފިޔާ
- ވަކީލު ކަމުގެ ހުއްދަ ޓްރާންސްލޭޝަނަށް - 1،000 ރުފިޔާ
- ވަކީލުކަމުގެ ހުއްދަ ގެއްލިގެން ހެއްދުމށް- 1،000 ރުފިޔާ
- ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން - 1،000 ރުފިޔާ
- ބާކައުންސިލްގެ އެކްސްކޯ އިންތިހާބަށް ކުރިމަތިލުމުގެ އިދާރީ ފީ - 5،000 ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު