ތ. ގާދިއްފުށީގެ ފެނާއި ނަރުދަމާ އަދި ފެނުގެ ނެޓްވޯކުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ ތ. ގާދިއްފުށީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށާއި އަދި ފެނުގެ ނެޓްވޯކު މަސައްކަތްތަކުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިދާރީ މަރުކަޒެއް އިމާރާތްކުރުމާއި، އާރުއޯ ޕްލާންޓެއް ގާއިމުކުރުމާއި، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، ދެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީއާ ހަވަލުކޮށްފައިވާ އެ މަޝްރޫއަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު