އަހަރު ނިމުމާ ދިމާކޮށް އަންނަ ބުރާސްފަތި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން އިއްޔެ ބުނީ މި މަހުގެ 29ވަނަ ދުވަހު އެ ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ހިދުމަތް ދޭ މަރުކަޒުތައް ބަންދުވާނެ ކަމަށެވެ. އަދި ބޭންކު އަލުން ހުޅުވާނީ ޖަނަވަރީ މަހުގެ ދެ ވަނަ ދުވަހު ކަމަށް ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ދުވަސްތަކުގައި ބީއެމްއެލް ބަންދުވި ނަމަވެސް އިންޓަނެޓް ބޭންކިންއާއި އޭޓީއެމް މެދުވެރިކޮށް ދޭ ހިދުމަތްތައް ލިބޭނެ ކަމަށެވެ. އަދި ބީއެމްއެލް ކާޑް އަދި އިންޓަނެޓް ބޭންކިން ހިދުމަތުގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ކަސްޓަމާ ސަޕޯޓް ނަމްބަރު 3330200 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު