މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، މ. ކޮޅުފުށީގައި ބާއްވާ ރަސްމީ އިހުތިފާލުތަކުގައި ބައިވެރިވެޑައިގެންވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮޅުފުއްޓަށް ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުވެސް ވަޑައިގެންނެވިއެވެ. ރައީސް ސޯލިހު މިއަދު ހެނދުނު ކޮޅުފުއްޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފުތިތާހު ކޮށްދެއްވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުންވެސް މި ދަތުރުފުޅުގައި ރައީސް ސޯލިހު، ކޮޅުފުށި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު