މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން "އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް 2022" (އީއާރްއެމް) ފޯރަމެއް ބާއްވައިފި އެވެ.
މިއީ އެމްޕީއެލް އިން އިންތިޒާމުކޮށްގެން ހިންގި މިފަދަ ފުރަތަމަ ފޯރަމެވެ. އެއް ދުވަހުގެ މުއްދަތަކަށް މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.
އެމްޕީއެލް އިން މައުލޫމާތު ދޭގޮތުގައި މިފަދަ ފޯރަމެއް އިންތިޒާމުކުރުމުގެ އެންމެ ބޮޑު އަމާޒަކީ އީއާރްއެމްގެ މުހިއްމުކަމަށް އަހުލުވެރިކަން އިތުރުކޮށް، ރިސްކް މެނޭޖްމަންޓަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމެވެ.
މި ފޯރަމް ހުޅުއްވައިދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލް އިން މިފަދަ ފޯރަމެއް އިންތިޒާމުކުރީ ފެށުމެއްގެ ގޮތުގައި ބަލައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައި ރިސްކް މެނޭޖްމަންޓާ ގުޅޭ އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ފޯރަމްގެ ޕެނަލިސްޓުންގެ ތެރޭގައި އެމްޕީއެލްގެ އިސްވެރީންނާއި ދާއިރާއާ ގުޅޭ ގިނަ ތަޖުރިބާކާރުންތަކެއް ހިމެނި ވަޑައިގަންނަވަ އެވެ. އެގޮތުން ޕެނަލިސްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
- އާސިމް މުހައްމަދު - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުގެ ރައީސް
- ޝާހިދު އަލީ - އެމްޕީއެލްގެ ސީއީއޯ
- މުހައްމަދު މުއިއްޒު - އެމްޕީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު
- އިބްރާހިމް ޒާހިރު - އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު
- އިބްރާހިމް ފަޒީލް - އެސިސްޓަންޓް އޮޑިޓާ ޖެނެރަލް
- އަބްދުﷲ ލީމާން ޒާހިރު - މޯލްޑިވިއަންގެ ޗީފް އިންޓާނަލް އޮޑިޓާ
- މުހައްމަދު ޝަރަހް - އެޗްޑީސީގެ ފައިނޭންޝަލް ކޮންޓްރޯލާ
- އައިޝަތު ނިހާ - އެޗްޑީސީގެ އެސިސްޓަންޓް ޑިރެކްޓަރު
އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި މިފޯރަމުގައި ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަންދޫބުން ވެސް ބައިވެރިވެފައިވެ އެވެ. އަދި އީއާރްއެމް އާ ގުޅޭ އެކު ދާއިރާތަކަށް އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވާހަކަތަކާއި ހިޔާލު ބަދަލުކުރުމާއި މަޝްވަރާތައްވެސް މި ފޯރަމުގައު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު