މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައި ތިބި ގައިދީންގެ ތެރެއިން ދެވަނަ ބެޗަކަށް ފަރުވާދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ފަށައިފި އެވެ.
މޯލްޑިވްްސް ކަރެކްޝަނަލް ސާވިސްއާ ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގަން ފެށީ މިއަހަރު އެވެ. ފުރަތަމަ ބެޗުގައި 40 ގައިދީންނަށް ފަރުވާދީފައިވާއިރު، އެ ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީއަކު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މުޖުތަމައަށް ދޫކޮށްލައިފައެވެ.
ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗު 44 ގައިދީންނާއެކު މާފުށީ ޖަލުގައި އިއްޔެ ފެށިއިރު، އެކަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ރިހިބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޑީޓޮކްސިކޭޝަން މަރުހަލާ އާއި ރިހިބިލިޓޭޝަން މަރުހަލާ އަާއި ރިސްކް އެސެސްމެންޓް ހެދުމުގެ މަރުހަލާގެ އިތުރުން މުޖުތަމައަށް ނެރޭ މީހުން މޮނީޓާ ކުރާ މަރުހަލާއެވެ.
ރިހިބިލިޓޭޝަން މަރުހަލާގައި ގައިދީންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދީ ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް އަދި ސްކިލް ޓްރޭނިންތައް
ފޯރުކޮށްދޭނެއެވެ.
މި ޕްރޮގްރާމަކީ ޑްރަގުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓް ދިނުމާއި ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު