ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް މި އަހަރުގެ ރިސެސްއަށް ހިނގައްޖެއެވެ.
ކޯޓުތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓް އޮންނާނީ ރިސެސްގައި ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައިވެސް އެ ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި ގާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެ ނަމަ އެ މުއްދަތުގައި އަޑުއެހުންތައް ބޭއްވުން ލާޒިމުކަމަށްވެސް ގާނޫނުގައި ބުނެއެވެ.
ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ރިސެސް މުއްދަތުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ ސުޕްރީމް ކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެއެވެ.
ސުޕްރީމް ކޯޓް ރިސެސްގައި އޮތް ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު