މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން މަރުވެފައިވާ ވައްލަތަކެއް ފެނިއްޖެއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާފަންނު ސްޓޭޑިއަމްއާ ދިމާލުން ފަޅުތެރެއިން މަރުވެފައިވާ 15 ވަރަކަށް ވައްލަ މޫދުގައި އޮޔާދަނިކޮށް ފެނިފައިވާ ކަމަށެވެ.
"ބެލެވޭ ގޮތުގައި މި ދޫނިތަކަކީ ގެންގުޅުނު ގޮތަކުން މަރުވުމުން މޫދަށް އެއްލާލާފައިވާ ދޫނިތަކެއް، އީޕީއޭއިން ބުންޏެވެ.
އެ އެޖެންސީން ވަނީ މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ އިދާރާއާ އެ ކަމެއް ހިއްސާކުރަން އެދިފައެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ، މަރުވެފައިވާ އެ ދޫނިތައް ފެނުނީ އިއްޔެ މެންދުރެއްހާއިރު ކަމަށެވެ.
ވައްލަ ހިމެނެނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ތެރޭގައެވެ. ރާއްޖެ ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު