ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތު ހުޅުވާލައިފިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބީއެމްއެލުން ވަނީ 2020 ވަނަ އަހަރު ނޮވެމްބަރު މަހު އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރަމުން ދިޔަ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިތުރު ފުރުސަތެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތު އަލުން ހުޅުވާލާފައިވާއިރު މި ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތަކާ އެކު [email protected] އަށް އީމެއިލް ކުރުމަށް ބީއެމްއެލުން ވަނީ އެދިފައެވެ.
މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ އިރު, މި ލޯނަށް ކަނޑައެޅިފައިވަނީ ހަ ޕަސެންޓުގެ އިންޓްރެސްޓު ރޭޓެއް ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ލޯނު ދެއްކުމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ކުރިމައްޗެއް ނުލެވޭނެއެވެ.
ލޯނަށް އެދި ހުށަހެޅުމުގެ ފަހު ވަގުތަކީ މިމަހުގެ 30ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު