ކުޑަކުދިން އަނިޔާއިން ރައްކާތެރިކޮށްދީ، ހައްގުތައް ހިމާޔަތްކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ގާބިލުކަން ދެއްކުމަށް އަނިޔާއާއި ގެއްލުންތަކުން ސަލާމަތްވެފައިވާ މުޖުތަމައެއް ބޭނުންވާ ކަމަށެވެ.
އަދި އެ ކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެފަދަ މުޖުތަމައެއް ހޯދައިދިނުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު