ހއ. ވަށަފަރުގައި އެމްޓީސީސީން ގާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ރަށްތަކަށް ހައިސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ފެރީ ހަޓެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
އެމްޓީސީސީން މިއަދު ބުނީ މި ފެރީ ސްޓޮޕްގައި ކިއޮސްކަކާއި ފާހާނާއަކާއި ވެއިޓިން އޭރިއާއެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.
މި ފެރީ ސްޓޮޕަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު