މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ޕްރޮގްރާމުތަކެއް ހިންގުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މިއަދު ސޮއިކުރި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމެވެ. މިކަމަކީ އެޗްޑީސީން ހާއްސަ އެހީއަށް ބޭނުންވާފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި އެފަރާތްތަކުން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމެއް ކަމަށާއި އެ ކޯޕަރޭޝަނުގެ އަމާޒަކީ މިފަދަ ސްކިލް ޑިވިލޮޕްމަންޓް ޕްރޮގްރާމްތަކުން އެފަދަ ފަރާތްތައް ބާރުވެރިކުރުވައި މަސައްކަތުގެ މާހައުލަށް އަހުލުވެރި ބައެއްގެ ގޮތުގައި ބިނާ ކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުންވެސް މި އެއްބަސްވުމުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް އަމާޒުކުރެވިގެން އަހަރަކު ދެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އުފެއްދުންތެރިކަމުގެ ދާއިރާއިން ތަފާތު ދެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އެޗްޑީސީން ވަނީ މި އަހަރުތެރޭގައި މިފަދަ ތަފާތު ޕްރޮގްރާމްތަކެއް ހިންގާފައެވެ. އެގޮތުން، އެޕްރެންޓިސް ޕްރޮގްރާމާއި ވޮލީ ކޭމްޕު އަދި ޒުވާނުންގެ ދިސާ ޕްރޮގްރާމުގެ އިތުރުން ތަފާތު އެކި ޕްރޮގުރާމުތަކެއް އެޗްޑީސީން ވަނީ ހިންގާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު