ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ/ ސްވެން, އަބްދުالله ރަޝީދުގެ ޖަނާޒާ މިރޭ ބާއްވައިފިއެވެ.

ރަޝީދުގެ ޖަނާޒާ ބޭއްވީ މިއަދުގެ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ގދ. ހޯނޑެއްދޫން ހައްޔަރުކޮށްފައި ހުއްޓާ އުމުރުން 43 އަހަރުގެ ރަޝީދު މަރުވީ އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ތުހުމަތު ކުރާތީ ޕޯސްޓްމޯޓަމް ހަދަން ނިންމައި ހުސްވި މަހުގެ 31 ވަނަ ދުވަހު ހަށިގަނޑު އިންޑިއާއަށް ގެންދިޔައެވެ. ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނައީ މިއަދުއެވެ.

ރަޝީދުގެ މަރުގެ މައްސަލާގައި ތަހުގީގު ކުރަމުންދަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިންނެވެ. ނަމަވެސް އެ ކޮމިޝަނުން ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް އަދި ހާމައެއް ނުކުރެ އެވެ.