ސަން ސިޔާމް ގުރޫޕުން ކ. އަތޮޅުގައި ހިންގާ އޮޅުވެލި ރިސޯޓުގެ ފަޅުން ހިއްކި ވަކި ރަށެއްގައި ތަރައްގީކުރި ރިސޯޓް ހުޅުވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު އެ ރިސޯޓް ހުޅުވީ ދުނިޔޭގެ މަޝްހޫރު ޓެރަވަލް ކުންފުނި ޓުއި ގުރޫޕްގެ 'ޓުއި ބްލޫ އޮޅުވެލި ރޮމޭންސް" ގެ ނަމުގައެވެ. މިއީ އެ ގުރޫޕުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 ވަރަކަށް މިނެޓުން ދެވޭ ހިސާބެއްގައި އޮންނަ މި ރިސޯޓަކީ 16 އަހަރުން މަތީގެ ގެސްޓުންނަށް ހިދުމަތް ދޭ ގޮތަށް ޖުމުލަ 111 ކޮޓަރި ހިމެނޭ ރިސޯޓެކެވެ.
މި ތަނުގައި ފަސް ރެސްޓޯރެންޓާއި ދެ ބާ ހިމެނޭއިރު, މި ރިސޯޓާއި އޮޅުވެލި ރިސޯޓާ ދެމެދު ބްރިޖަކުން ވަނީ ގުޅާލައިފައެވެ.
ޓުއި ގްރޫޕުން ރާއްޖޭގައި ހުޅުވި މި ރިސޯޓަކީ އެ ގުރޫޕުން މި ސަރަހައްދުގައި ހުޅުވި ހަތަރު ވަނަ ރިސޯޓެވެ. އެ ގުރޫޕުގެ ދެ ރިސޯޓެއް ތައިލެންޑުގައި އަދި އެއް ރިސޯޓް ވިއެޓްނާމުގައި ހިންގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު