އިންޑޮނީޝިޔާގެ އުމުރުން 54 އަހަރުވީ އަންހެނަކު ގެއްލިގެން ހޯދަމުންދަނިކޮށް 23 ފޫޓުގެ ބިޔަ ހަރުފައެއްގެ ބަނޑުތެރެއިން އޭނާގެ ހަށިގަނޑު ފެނިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުސްވި ހަފުތާ ތެރޭގައި އިންޑޮނީޝިޔާގެ ސުމަޓްރާގައެވެ. އަންހެން މީހާ ގެއްލުނުކަން އެނގުނީ ދަނޑަށް ގޮސްފައި އެނބުރި ގެއަށް ނައުމުންނެވެ. އޭނާގެ ފިރިމީހާ ނުކުމެ ހޯދަމުންދަނިކޮށް އެންމެ ފުރަތަމަ ފެނުނީ އަނބިމީހާގެ ފައިވާނާއި ގެންގުޅުނު އެހެނިހެން ސާމާނުތަކެވެ.
އިތުރު މީހުންނާއި ފުލުހުންވެސް ގެނެސްގެން ހޯދަމުންދަނިކޮށް އެހިސާބުން ބިޔަ ހަރުފައެއް ފެނުނުއިރު އެސޮރުގެ ބަނޑު އާދަޔާ ޚިލާފަށް ބޮޑުކަމުން ޝައްކުވެގެން އެސޮރު ހިފައި އޭގެ ބަނޑު ފަޅައިބެލީއެވެ. ބަނޑުތެރޭގައި މަރުވެފައި އޮތީ އަންހެންމީހާއެވެ.
ބިޔަ ހަރުފަތައް އިންސާނުން ދިރުވައިލުމަކީ އިންޑޮނީޝިޔާގެ ޖަންގަލިތަކުގައި ދޭތެރެޔަކުން ހިނގާ ކަމެކެވެ. އިންޑޮނީޝިޔާގެ ޖަޒީރާތަކުގައި ހަރުފައިގެ އެންމެ ބޮޑެތި ވައްތަރުތައްވެސް އުޅެއެވެ. މީގެ ހަތަރު އަހަރު ކުރިންވެސް ހަމަ މިޒާތުގެ ހާދިސާއެއް ސުލަވޭސީގައި ވަނީ ހިނގައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ