މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންފިއެވެ.
މުފްތީ މެންކަށް ރާއްޖެއިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާއި މިނިސްޓްރީގެ އިސްވެރިންނެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ދަރުސް ދެއްވާނެއެވެ. އަދި މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މުފްތީ މެންކްގެ މި ދަތުރުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަން:
- - އޮކްޓޯބަރު 28: މާލޭ ކާނިވާ ސަރަހައްދުގައި
- - އޮކްޓޯބަރު 29: ފުވައްމުލައް ސްޓޭޑިއަމުގައި
- - އޮކްޓޯބަރު 30: އައްޑޫ ސިޓީ ސްކޮޔާގައި
- - އޮކްޓޯބަރު 31: ހުޅުމާލެ ސިންތެޓިކް ޓްރެކުގައި
މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45ގައެވެ. މި ދަރުސްތައް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދޭނެއެވެ.
މުފްތީ މެންކްގެ ދަރުސްތަކުގެ މައުޟޫއުތައް ހާއްސަކޮށްފައިވަނީ މުޖުތަމައުގައި ހުރި މުހިންމު ކަންތައްތަކަށް ހާއްސަކޮށްގެންނެވެ.
އެގޮތުން މާތްﷲއާއި އިންސާނާއާއި ދެމެދު އޮންނަ ގުޅުމާއި އާއިލީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައްފަދަ މުހިންމު މައުޟޫއުތައް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ, މި ދަރުސްތަކުގެ އިތުރުން ރައީސް އޮފީހާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު