މަންޓާ އެއާއިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހއ. ހޯރަފުއްޓަށް ހާއްސަ ފްލައިޓުތަކެއް ބާއްވަން ނިންމައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މާލެ-ހޯރަފުށި-މާލެއަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު އެކަކުން ހަތަރަކަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު ދެ ފްލައިޓު ބާއްވަން ނިންމާފައިވާއިރު ޓިކެޓުގެ އަގު އުޅެނީ ކޮޅަކަށް 1،300 ރުފިޔާއެވެ.

މަންޓާއިން ވަނީ މި ޕްރޮމޯޝަންގެ ދަށުން ބުކިން ހެދުމަށް މިހާރު ހުޅުވާލައިފައެވެ. އެގޮތުން މަންޓާ އެއާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު މި ދަތުރުތަކުގެ ޓިކެޓް ނެގޭނެއެވެ.

މަންޓާ އެއާއިން ހޯރަފުއްޓަށް ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ ދަތުރުތައް ފެށީ އެ ރަށާ ކައިރީގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް)ގެ އިން ހިންގަމުންދާ އެއާޕޯޓްތަކުގެ ތެރެއިން އެއާޕޯޓަކަށް އެ އެއާލައިނުން ޝެޑިއެލް ދަތުރުތަށް ފެށި ފުރަތަމަ ފަހަރެވެ.