"ޑިވެލޮޕިން އެންޑް ރިފައިނިން ޔޯ ލީޑަޝިޕް އެޕްރޯޗް" ތީމެއްގެ ގޮތުގައި ހަމަޖައްސައިގެން އެވިޑް ކޮލެޖުން އޯޕަން ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.
އިއްޔެ ހަވީރު ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި މި ޕެނަލް ޑިސްކަޝަންގައި ބައެއް ސްކޫލުތަކުގެ އިސްވެރިންނާއި އެވިޑް ކޮލެޖުގެ ސީނިއާ މެނޭޖްމެންޓުގެ ބޭފުޅުން ބައިވެރިވިއެވެ. މިޕެނަލް ޑިސްކަޝަންގެ ސެޝަން އިފުތިތާހުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.
ސެޝަންގެ ޕެނަލް މެމްބަރުންގެ ގޮތުގައި ތިއްބެވީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ވެސްޓް ލަންޑަންގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕީޓާ ޖޯން ސީބީއީއާއި އެ ޔުނިވާސިޓީގެ ޕްރޯ ވައިސް ޗާންސެލާ ބިޒްނަސް ޑިވެލޮޕްމެންޓް ޑރ. ސުރޭޝް ގަމްލަތްއާއި އެވިޑް ކޮލެޖުގެ ރެކްޓާ ޑރ. ސުނީނާ ރަޝީދާއި އެވިޑް ކޮލެޖުގެ ވައިސް ރެކްޓާ އަހުމަދު ފަޔާޒް ހަސަންއާއި ޑީނުން ކަމުގައިވާ ޑރ. އައިޝަތު ރަމީލާ، ޑރ. ޒަކިއްޔާ މޫސާ އަދި މަރިޔަމް ވަސީމާއެވެ.
މި ޑިސްކަޝަންގައި ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަންގެ ވައިސްޗާންސެލާ ޕްރޮފެސަ ޕީޓާގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މެނޭޖްމެންޓެއްގައި އޮންނަ ލީޑާޝިޕް ވަރުގަދަކުރުމަށާއި އިތުރަށް ތަރައްގީކުރުމުގެ މައްޗަށެވެ. އަދި ލީޑަރުންނަށް ދިމާވެދާނެ ގޮންޖެހުންތަކާއި މޮޅު ލީޑަރުންނަކީ ކޮބައިކަމާއި ބައެއް ލީޑަރުންގެ ކިބައިގާ ހުންނަ ދޯހަޅި ސިފަތަކާއި ލީޑަރުންގެ ވައްތަރުތަކަށް އަލިއަޅުއްވާލައި ވާހަކަދެއްކެވިއެވެ.
އޭގެ އިތުރުން ބައިވެރިން ހުށަހެޅުއްވި ސުވާލުތަކަށް ޕްރޮފެސާ ޕީޓާ ޖަވާބު ދެއްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު