މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ފަރާތަކަށް ސަރުކާރުން މިރޭ އަރުވައިފިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ޝަރަފުވެރިކަމުގެ އިނާމާއި ގައުމީ އިނާމު ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިންނާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ތިމާވެށްޓާއި ހަކަތައިގެ ދާއިރާއ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިންނެވެ.
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ޝާހިދު ހަލީމް، މ. ޑައިމަންޑްވެލީ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިފެންމާގެ
- ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: އަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ
- ތައުލީމީ ދާއިރާއިން: ޑޮކްޓަރު އަހުމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ
- ސިއްހީ ދާއިރާއިން: އަހުމަދު ނާޝިދު، ހ. ރަންރިބުދޫ
- ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން: މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް
- އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން: ޒަރީނާ އަހުމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު
- އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން: އަހުމަދު އަލީމަނިކު، ގ. ވިޔަވަތި
- ވިޔަފާރި އާއި އިގުތިސޯދީ ދާއިރާއިން: މުހައްމަދު ސާލިހް، މ. ޝުއާޒް
- މަސައްކަތްތެރިކަމުގެ ދާއިރާއިން: އާބިދާ އިސްމާއީލް އަލީ، މ. ކަނޑޫކުރި
މިއަހަރުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވީ 19 ބޭފުޅަކާއި އޯޓިޒަމް އެސޯސިއޭޝަނާއި މުނި އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށާއި ޑި ޓިއުން ބޭންޑަށެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވި 19 ފަރާތަކީ:
- އަލްގާރީ މުހައްމަދު ވަހީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު
- އައްޝައިޚް އިލްޔާސް ހުސައިން، ސިޕާ ސ. ހިތަދޫ
- ޑޮކްޓަރު އަލީ ޒާހިރު، މ. ހިތިމާގެ
- އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ
- އަލީ ނަސީރު، ހ. ވުޑްލޭންޑް
- އާއިޝަތު ޒައީމާ، ހުސްނޫވިލާ، މ. މުލައް
- މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ
- އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197)
- މަރްޔަމް ނޫރައްދީން، މ. ތާނގީދޮށުގެ
- އަބްދުﷲ އަލީ، ރަބީއުގެ، ށ. ފުނަދޫ
- އަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު
- އަދީލް އިސްމާއީލް، މ. ސަންބީމް
- ޖޫދީ ހާލިދު، ހ. ވަޅުފެހި
- އާއިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ
- މުހައްމަދު ހަމްދޫން، އަތިރީގެ، ސ. ހުޅުދޫ
- ސާޖަންޓް މޭޖާ އިސްމާއީލް މާދީ، މއ. ބެލްޖިއަމްގެ
- މުހައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް
- ހަސަން ފަރުޙާން މުހައްމަދު، މ. މިޓްރީޕާކް
ސަރުކާރުން ދޭ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.
ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.
ޚަބަރު
ޚަބަރު
ޚަބަރު