މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި ތިން ފަރާތަކަށް ދޭން ނިންމައިފިއެވެ.
ގައުމީ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ ދަރުބާރުގޭގައެވެ. އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވާނެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.
މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވާފައިވަނީ ހަތަރު ބޭފުޅަކަށެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަރުވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު