ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާތީ، ވިސާ ކާޑުން އޮންލައިންކޮށް ވިޔަފާރިކުރަން ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިއަދު ބުނީ ޕޭމަންޓް ގޭޓްވޭ އަދި ބީއެމްއެލް އިން ދޫކުރާ ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ކުރަމުންދާތީވެ، ބީއެމްއެލުން ދޫކޮށްފައިވާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ ބައެއް އީކޮމާސް މާޗެންޓްގައި ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
ނަމަވެސް ރާއްޖެއިން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްގައި ވިސާ ކާޑު ދަތިތަކަކާ ނުލައި ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ސެކިއުރެޓީ ވަރުގަދަކުރުމަށް ކުރާ އަޕްގްރޭޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން ކަސްޓަމަރުންނަށް އަންގާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު