ގއ. މާމެންދޫއާއި ނ. މާޅެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، މާމެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމާއި ލެބޯޓަރީ އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް 140 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
މާޅެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރީ ކްލޭއެލް. އެލް.ޕީ ކިޔާ ކުންފުންޏަކާއެވެ. ޖުމުލަ 4.6 މިލިއަން ރުފިޔާގެ މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 150 ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު