ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން ދޭ އެންމެ ޝަރަފުވެރި އެވޯޑް, ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2021 ގައި ރާއްޖެއަށް 21 ދާއިރާއަކުން ރަން އެވޯޑް ލިބިއްޖެއެވެ.
އަދާރަން ހުދުރަންފުށީގައި ރޭ ބޭއްވި ސަޓާ ގާލާ ނައިޓްގައި ޖުމުލަ 106 އެވޯޑް ދީފައިވެ އެވެ. އެއީ 44 ރަން އެވޯޑާއި 48 ރިހި އެވޯޑުގެ އިތުރުން ހަ ވިޒިޓާސް ޗޮއިސް އެވޯޑެވެ.
އޭގެ ތެރެއިން ރާއްޖެއަށް 30 އެވޯޑެއް ލިބިފައިވެ އެވެ. އެއީ 21 ރަން އެވޯޑާއި ނުވަ ރިހި އެވޯޑެވެ.
- ނިޝާން ސެނެވިރަތުނެ ބެސްޓް ސީއެސްއާރު ޕްރޮގްރާމް: ދުސިތު ތާނީ މޯލްޑިވްސް
- ލީޑިން އެޑްވެންޗާ ސާވިސް ޕްރޮވައިޑާ: ބެސްޓް ޑައިވްސް
- ލީޑިން ލިވަބޯޑް: ސްކޫބާސްޕާ މޯލްޑިވްސް
- ލީޑިން ބީޗް ވިލާ ހޮޓެލް/ ރިސޯޓް: މޫވެންޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސް
- ލީޑިން ޑައިވް ސެންޓަރު/ ބްރޭންޑް: ޑައިވް ޕޮއިންޓް މޯލްޑިވްސް
- ލީޑިން ޖީއެސްއޭ: އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް
- ލީޑިން ޓޫރިސްޓް އެއާ ޓްރާންސްޕޯޓް ޕްރޮވައިޑާ: ޓްރާންސް މޯލްޑިވިއަން ޕްރައިވެޓް ލިމިޓެޑް
- ލީޑިން ސާފް ހޮޓެލް/ ރިސޯޓް: އަދާރަން ސިލެކްޓް ހުދުރަންފުށި
- ލީޑިން ޓްރެވަލް އެޖެންޓް- އައުޓްބޯޑް: އޭސް ޓްރެވަލްސް މޯލްޑިވްސް
- ލީޑިން ފެމިލީ ރިސޯޓް: ދުސިތު ތާނީ މޯލްޑިވްސް
- ލީޑިން ޑިޒައިނާ ހޮޓެލް/ ރިސޯޓް: ކޮކޫން މޯލްޑިވްސް
- ލީޑިން ޕީއެސްއޭ: އޭސް ޓްރެވަލްސް މޯލްޑިވްސް
- ލީޑިން ޑައިވް ރިސޯޓް: އަދާރަން ސިލެކްޓް މީދުއްޕަރު
- ލީޑިން ޔޮޓް މެރީނާ ހޮޓެލް/ ރިސޯޓް: ކްރޮސްރޯޑްސް މޯލްޑިވްސް
- ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ (ލޭންޑް/ ސީ): ޖަލްބޫޓް މެރިން ސާވިސަސް
- ލީޑިން ލިވަބޯޑް ބްރޭންޑް: ވޮޔޭޖަސް މޯލްޑިވްސް
- ލީޑިން އެއާޕޯޓް ހޮޓެލް: އީކުއޭޓާ ވިލެޖް
- ލީޑިން ބީޗް ރިސޯޓް: ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
- ލީޑިން އެކޯ ފްރެންޑްލީ ރިސޯޓް: ލަކްސް* ސައުތު އަރި އެޓޯލް
- ލީޑިން ގެސްޓްހައުސް/ ޓޫރިސްޓް އިން: ރެވެރީސް މޯލްޑިވްސް
- ލީޑިން ސުޕަވިޝަން އެޖެންޓް: އާވިއާ މޯލްޑިވްސް
- ލީޑިން އޯލް އިންކްސްލޫސިވް ރިސޯޓް: ހެރިޓެންސް އާރަށް
- ލީޑިން ބުޓީކް ހޮޓެލް/ ރިސޯޓް: ރިވެރީސް މޯލްޑިވްސް
- ލީޑިން ބިޒްނަސް ހޮޓެލް: މާގިރި ހޮޓެލް
- ލީޑިން އެފްއެންޑްބީ ހޮޓެލް/ ރިސޯޓް: ސަންތާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
- ލީޑިން ހެރިޓޭޖް މޯލްޑިވްސް: އީކުއޭޓާ ވިލޭޖް
- ލީޑިން ލަގްޒަރީ ހޮޓެލް/ ރިސޯޓް: ލަކްސް* ސައުތް އަރި އެޓޯލް
- ލީޑިން ވެޑިން ހޮޓެލް/ ރިސޯޓް: ކޮކޫން މޯލްޑިވްސް
- ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް: ހެރިޓެންސް އާރަށް
- މޯސްޓް ރޮމޭންޓިކް ރިސޯޓް: ސަމާ އައިލެންޑް މޯލްޑިވްސް
ރޭގެ ރަސްމިއްޔާތުގައި ހަ ދާއިރާއަކުން ވިޒިޓާސް އެވޯޑްވެސް ދީފައިވެ އެވެ.
އެގޮތުން ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ރާއްޖެއަށެވެ. ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަން އަދި ލީޑިން މައިސް ޑެސްޓިނޭޝަންގެ އެވޯޑް އިންޑިއާއަށް ލިބުނު އިރު, ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ނޭޕާލަށެވެ.
އެމާޖިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ބަންގްލަދޭޝް އަށެވެ. އަދި ލީޑިން އިންޓަނޭޝަނަލް އެއާލައިންސްގެ އެވޯޑް ލިބުނީ ސްރީ ލަންކާގެ ގައުމީ އެއާލައިން, ސްރީލަންކަން އެއާލައިންސް އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު