ސައިން ލެންޖުއޭޖް ޑިންޝަނަރީއެއް އުފެއްދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ދިން މި އެހީއަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖްސްއާ ގުޅުވައިގެން އެ ބޭންކުން ހިންގި ހާއްސަ ހަރަކާތެކެވެ.

އެ އެހީގެ އިތުރުން އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަންއެއްވެސް މިއަދު ވަނީ ބާއްވާފައެވެ.

ބީއެމްއެލުން 2020 ވަނަ އަހަރުވެސް ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިން ސެޝަނެއް ބާއްވައިފައެވެ.