ދިވެހި ޑޮކްޓަރުންތަކެއް ކިޑްނީގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފިއެވެ.
އައިޖީއެމްއެޗުގައި އިއްޔެ ކުރި މި އޮޕަރޭޝަނަކީ ރާއްޖޭގެ ތާރީހުގައި ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.
އައިޖީއެމްއެޗުން އިއްޔެ ބުނީ މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރވީ އެ ހޮސްޕިޓަލުގެ ޔޫރޮލޮޖީ ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ އަދުސަރު އާއި ޑރ. އިބްރާހިމް މިސްބާހު ކަމަށެވެ. އަދި މި އޮޕަރޭޝަން ކާމިޔާބު ކުރުމުގައި އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރާއި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ނަރުހުންގެ ބައިވެރިވުން ފާހަގަކޮށް އައިޖީއެމްއެޗުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އައިޖީއެމްއެޗުން ބުނީ މި އޮޕަރޭޝަނަކީ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފާލައިގެން ކިޑްނީ ތޮރުފާލައިގެން ލޭޒާ ބޭނުންކޮށްގެން ކިޑްނީގައި ހުރި ހިލަތައް ގޮއްވާލައި އެ ހިލަކޮޅުތައް ނެގުމަށް ކުރި އޮޕަރޭޝަނެއް ކަމަށެވެ.
އައިޖީއެމްއެޗުގައި ކިޑްނީގެ މިފަދަ އޮޕަރޭޝަން ކުރަން 2017 ވަނަ އަހަރު ފެށި ނަމަވެސް މި އޮޕަރޭޝަންތައް މީގެ ކުރިން ކުރަމުން އައީ ބޭރު ޑޮކްޓަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު