ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް 4 ވިއްކަން ފަށައިފިއެވެ.

ރީތި ކުލަތަކާއެކު ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ދެ ފޯނުވެސް ދިރާގުގެ ވެބްސައިޓުން ފަސޭހަކަމާއެކު ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން ދިރާގު ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓެއްގެ ދަށުންވެސް ފޯނު ގަނެވޭނެއެވެ. އަދި ޒީ ފޯލްޑް 4 އަދި ޒީ ފްލިޕް 4 ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް މަހަކު 5 ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ.

އޭގެ އިތުރުން ޒީ ފޯލްޑް4 ފުލް ޕޭމަންޓްގައި ގަންނަ ކަސްޓަމަރުންނަށް 3000 ރުފިޔާ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ދެ ފޯނު ގަންނަ ކަސްޓަމަރުންނަށްވެސް ތިން މަސް ދުވަހުގެ ހިލޭ ސްޕޮޓިފައި އަދި ވަން ޑްރައިވްގެ 100 ޖީބީ ހަ މަސް ދުވަހަށް ބޭނުންކުރެވޭ ސެމްސަންގް ޕްރޮމޯޝަންގައިވެސް ބައިވެރިވެވޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓް ފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.

ސެމްސަންގްގެ މި އާ ފޯނުތައް ގަންނަން ބޭނުންވާ މީހުންނަށް، (https://bit.ly/3RDwdeF) ލިންކު ބޭނުންކޮށްގެން ފޯނު ގަނެވޭނެއެވެ.