ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓުގެ ތިންވަނަ އިންޑިޔާގެ ސާދާގަރެއް ކަމުގައިވާ ގައުތަމް އަދާނީއަށް ލިބިއްޖެއެވެ. މިއީ އޭޝިޔާ މީހަކަށް މި ލިސްޓުގެ ތިންވަނަ ލިބުނު ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ މަހުޖަނުންގެ މުއްސަނދިކަމުގެ މިންވަރު ބުނެދޭ ބްލޫމްބާގް ބިލިއަނާރސް އިންޑެކްސް ދައްކާގޮތުން ކުރިން ލިސްޓުގެ ތިންވަނާގައި އޮތް ފްރާންސްގެ ބާނާޑް އާނޯލްޓްގެ ނަންވަނީ އަދާނީއަށްވުރެ ފަހަތަށް ސޮއްސާލައިފައެވެ. އާނޯލްޓަކީ ލުއިސް ވުއިޓަން ބްރޭންޑްގެ ވެރިޔާއެވެ. އޭނާގެ މިހާރުގެ ވަނަޔަކީ ހަތަރެކެވެ.
އުމުރުން 60 އަހަރުވީ އަދާނީގެ މިލްކިއްޔާތުގެ އަގަކީ މިވަގުތު 137.4 ބިލިޔަން ޑޮލަރެވެ. އޭނާއަށްވުރެ މަތީގައި މިހާރު ތިބީ އެމެރިކާގެ އީލޮން މަސްކާއި ޖެފް ބެޒޯސްއެވެ. މަސްކުގެ މިލްކިއްޔާތުގެ އަގަކީ މިވަގުތު 251 ބިލިޔަން ޑޮލަރެވެ. ބެޒޯސްގެ މިލްކިއްޔާތުގެ އަގަކީ 153 ބިލިޔަން ޑޮލަރެވެ.
މީގެ ކުރިން ދުވަހަކުވެސް އޭޝިޔާގެ މަހުޖަނަކަށް ލިސްޓުގެ ތިންވަނަޔާއި ހަމަޔަށް ނާދެވެއެވެ. އިންޑިޔާގެ މުކޭޝް އަމްބާނީއަށް މިވަގުތު ލިބެނީ ދުނިޔޭގެ ލިސްޓުގެ އެގާރަ ވަނައެވެ. ޗައިނާގެ ޖެކްމާ އުޅެނީ އެއަށްވުރެ މާފަހަތުގައެވެ. ބްލޫމްބާގް އިންޑެކުހަކީ ކޮންމެ ދުވަހަކުވެސް އައު ކަލްކިއުލޭޝަންތަކާއެކު ނަމްބަރުތައް ބަދަލުވާ އެއްޗެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ މިލްކިއްޔާތުގެ އަގު ކަލްކިއުލޭޓްކުރަނީ ހިއްސާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށްވެސް ރިއާޔަތްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ