މ. މަޑުއްވަރީން އަލީ ޔާމީން - ވަން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މިރަށަށް ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ކުރުފަލީގެ މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސްގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ރައްޔިތުން މިރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައި އޮތް އިރު، ރައީސަށް މަރުހަބާ ދެންނެވުމަށް ފިރިހެނުންގެ ކުރުފަލިޖެހުމުގެ ހަރަކާތަކާއި ލަނގިރިޖެހުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ސޯލިހު މިރަށަށް ކުރައްވާ މި ދަތުރުފުޅުގައި މިރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

މިރަށުން ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ މިއަތޮޅު ދިއްގަރަށެވެ. ދެ ދުވަހުގެ މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.