ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހިމަނަން ފާސްވެއްޖެއެވެ.

ސީޕީއޭގައި ރާއްޖެ ބައިވެރިވުމަށް ފާސްކޮށްފައި ވަނީ މިހާރު ކެނެޑާގައި ކުރިއަށްދާ އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި، ވޯޓުގައި ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ސީޕީއޭގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ 2000 ވަނަ އަހަރުއެވެ. ރާއްޖެ ސީޕީއޭއިން ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ.

ސީޕީއޭއަކީ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މަޖިލިސް މެންބަރުންގެ ގާނޫނު ހަދާ މަޖިލިސްތަކުން ބައިވެރިވާ ޖަމިއްޔާއެކެވެ. 1911 ވަނަ އަހަރު ހަ މެމްބަރު ގައުމާއެކު ފެށި މި ޖަމިއްޔާގައި މިހާރު 55 ގައުމު ހިމެނެއެވެ.