ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ބޭނުންވެފައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން ބީއެމްއެލުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ބޭނުންވެފައި ތިބި 100 އަށް ވުރެ ގިނަ އާއިލާތަކަށް އަސާސީ ކާބޯތަކެތީގެ ޕެކޭޖް ވަނީ ފޮނުވައިފައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ބީއެމްއެލުން ވަނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް އާކަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ބޭންކުން ވަނީ ކޮވިޑް-19ގެ ސަބަބުން އެހީއަށް ބޭނުންވި ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވުނެވެ.