ރާއްޖޭގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ހުޒާމް ނިޔާވެފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. ނަމަވެސް ފަރުވާ ހޯދަމުން އައީ ކޮން ބައްޔަކަަށް ކަމެއް ސާފެއް ނޫނެވެ. އޭނާ ނިޔާވިއިރު އުމުރަކީ 52 އަހަރެވެ.
ހުޒާމަކީ 2000ގެ އަހަރުތަކުގެ ތެރޭގައި އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާއެވެ. އޭނާ ވަނީ ރާއްޖޭގެ އެއިރުގެ މަޝްހޫރުގެ ގިނަ ފިލްމުތަކަށް ލަވަތައް ކިޔައިދީފައެވެ. ނަމަވެސް ލަވަކިޔުމުގެ ދާއިރާގައި އޭނާ ހަރަކާތްތެރިނުވާތާ އަހަރުތަކެއް ވަނީ ވެފައެވެ.
އޭނާގެ ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި "ތަދާ ވޭނުގާ"، "ދޮންކަނބުލޮ ނިދާލާށޭ"، "ތުއްތު މޫނާ"، "ނަޔާފަރިވެ ޒީނަތްވީ"، "ޖައްވުގެ ތެރެއިން ފެނުމުން"، "މުޅި ޖާން ހިތާ"، "ބޭނުމޭ އިޝްގާ" ފަދަ ލަވަތައް ހިމެނެއެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ މަޝްހޫރު ލަވަތަކެއް އޭނާ ވަނީ ރެކޯޑްކޮށްފައެވެ.
ހުޒާމް ވަނީ ޓީވީއެމްގެ ދެ ސްކޫލު ކުދިންގެ ލަވަ މުބާރާތުން ދެ އަހަރު އެއްވަނަ ހޯދައިފައެވެ. އޭނާއަކީ އިންޖީނިއަރިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތެކެވެ.
ހުޒާމްގެ ކުލި ވަކިވުމާ ގުޅިގެން އޭނާގެ ރަހުމަތްތެރިންނާއި ފަންނާނުން އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު