ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހުވެސް ވަރަށް ބޮޑަށް ވައިބާރުވެ ކަނޑުގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭވެހުން މަދުވެދާނެ ކަމަށެވެ. ނަމަވެސް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭ ހއ. އިން ފެށިގެން އދ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ޔެލޯ އެލާޓު ނެރެފައިވާ ކަމަށެވެ. އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު މިއަދުގެ މިހާތަނަށް އެއްވެސް ރަށަކަށް އުދަ އެރިކަމުގެ ރިޕޯޓެއް އަދި ނުލިބޭ،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު