މަންކީ ޕޮކްސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނު ކޮށްފިއެވެ.
މިއަދު ދުނިޔޭގެ ސިއްހަތު ޖަމިއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް ގެބްރެޔެސުސް ވަނީ މަންކީ ޕޮކްސްއާ ގުޅިގެން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނުކުރައްވައިފައެވެ.
ޑރ. ޓެޑްރޮސް ވިދާޅުވީ މަންކީ ޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް އޮތީ "މޮޑޭރޭޓް" ކޮށް ކަމަށާއި ނަމަވެސް ވިލާތުގެ ގައުމުތަކުގައި ބަލީގެ ނުރައްކާ ބޮޑު ކަމަށެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 70 ގައުމަކުން މަންކީ ޕޮކްސްގެ 16،000 ކޭސް މިއަހަރު ފެނިފައިވެއެވެ. މަންކީ ޕޮކްސް އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެ. މި ބަލީގައި މިހާތަނަށް މަރުވެފައިވަނީ އެފްރިކާގެ ފަސް މީހެކެވެ.
މަންކީޕޮކްސް އާ ގުޅިގެން މުޅި ދުނިޔޭގައި އިމަޖެންސީ އިއުލާނު ކުރުމާއެކު މިހާތަނަށް އިމަޖެންސީ އިއުލާނު ކޮށްފައިވާ ބަލިތަކުގެ އަދަދު ވަނީ ތިނަކަށް އަރައިފައެވެ. މީގެ ކުރިން ޕޯލި އާއި ކޮވިޑް 19އާ ގުޅިގެން ވަނީ ސިއްހީ އިމަޖެންސީ އިއުލާނު ކޮށްފައެވެ.
މަންކީ ޕޮކްސް އަކީ ސްމޯލްޕޮކްސް އާއިލާގެ ވައްތަރެކެވެ. "މަންކީ ޕޮކްސް" ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު