މިއަހަރު ދައުލަތުގެ އާމްދަނީއަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސުން މިއަދު އާންމުކުރި "ވީކްލީ ފައިނޭންޝިއަލް އަފްޑޭޓް ރިޕޯޓު" ގައިވާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އާމްދަނީއަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވަނީ ހިލޭ އެހީ އާއި ޓެކްސްގެ ގޮތުގައި ދެއްކި ފައިސާއިންނެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ހަ މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 13.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފިނޭންސުން ބުނީ، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ހަތް ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި ނުވަ ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެއީ 3.4 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 418 މިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 197 މިލިއަން ރުފިޔާއެވެ. އެއީ 221 މިލިއަން ރުފިޔާގެ ދަށްވުމެއް ކަމަށް ފިނޭންސުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު