ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ޖަހާފައިވާ ޖުއްބާއެއް ލައިގެން ސަލްމާން މިސްކިތުގައި މިންބަރަށް އަރާ އަޑުގަދަކޮށްގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ސަލްމާން މިސްކިތުގައި ހުތުބާ ކިޔަން ފަށަން ތައްޔާރުވަމުން ދަނިކޮށް އައިއެސްގެ ލޯގޯ ޖެހި ކަޅު ޖުއްބާއެއް ކަހަލަ ހެދުމެއް ލައިގެން ބޮލުގައި ފަގުޑިއެއް އަޅައިގެން ހުރި މީހަކު ކުއްލިއަކަށް ގޮސް މިންބަރަށް އަރައި ހަޅޭއްލަވައި އަޑުގަދަކުރަން ފަށާ ތަނެވެ.
ފަހުން މިސްކިތު ތެރޭގައި ތިބި ބައެއް މީހުންނާއި ހުކުރަށް ގޮސް ހުރި ސިފައިންގެ އޮފިސަރަކު ވަނީ އޭނާ މިންބަރުން ބާލައިފައެވެ. ނަމަވެސް އަޑުގަދަކޮށް ނުކިޔަމަންތެރިކަން ދައްކަން ފެށުމުން އެތަނަށް ފުލުުހުން އައިސް އޭނާގެ އަތުގައި ބިޑި އަޅުވައިގެން ހައްޔަރުކޮށްގެން ގެންދެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 43 އަހަރުގެ ފިރިހެން މީހާއަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު