ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ޖަހާފައިވާ ޖުއްބާއެއް ލައިގެން ސަލްމާން މިސްކިތުގައި މިންބަރަށް އަރާ އަޑުގަދަ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ސަލްމާން މިސްކިތުގައި ހުތުބާ ކިޔަން ފަށަން ތައްޔާރުވަމުން ދަނިކޮށް އައިއެސްގެ ލޯގޯ ޖެހި ކަޅު ޖުއްބާއެއް ކަހަލަ ހެދުމެއް ލައިގެން ބޮލުގައި ފަގުޑިއެއް އަޅައިގެން ހުރި މީހަކު ކުއްލިއަކަށް ގޮސް މިންބަރަށް އަރައި ހަޅޭއްލަވައި އަޑުގަދަ ކުރަން ފަށާ ތަނެވެ.
ފަހުން މިސްކިތު ތެރޭގައި ތިބި ބައެއް މީހުންނާއި ހުކުރަށް ގޮސް ހުރި ސިފައިންގެ އޮފިސަރަކު ވަނީ އޭނާ މިންބަރުން ބާލާތަން ފެނެއެވެ. ނަމަވެސް އަޑުގަދަކޮށް ނުކިޔަމަންތެރިކަން ދައްކަން ފެށުމުން އެތަނަށް ފަހުން ފުލުުހުން ވަނީ އޭނާގެ އަތުގައި ބިޑި އަޅުވައިގެން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މައްސަލައަކާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު