ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބުނެ އާއްމުކުރި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގެ ތަހުގީގު މީގެ ކުރިން ފަށާފައިވާ އިރު،
ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުން ބުންޏެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ގެސްޓްހައުސެއްގެ ކޮޓަރިއެއްގައި ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަަރު ފެންނަ ވީޑިއޯއެކެވެ. އެ ވީޑިއޯގައި ހިމެނޭ ދިވެހި މީހާއަކީ ނާޒިމް ސައްތާރު ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް އެކަން ނާޒިމް ވަނީ ދޮގުކުރައްވައި އެ ވީޑިއޯގައި ހިމެނޭ މީހަކީ އޭނާ ނޫން ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު