ބައިނަލްއަގުވާމީ ބައްޕައިންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ހާއްސަ ޑިސްކައުުންޓުތަކާއި ހިލޭ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން މިއަދު ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކުގެ ތެރެއިން އެއް ކަމަކީ އާއިލާއާއެކު ފޮޓޯއެއް ނަގައިގެން ގިފްޓްހެމްޕާ އެއް ހޯދުމުގެ ފުރުސަތެވެ. ބައްޕައިންގެ ދުވަހަށް ހާއްސަކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ތައްޔާރުކޮށްފައިވާ ބެކްޑްރޮޕްގައި ބައްޕައާއެކު ފޮޓޯއެއް ނަގާލުމުން ކޮންމެ މީހަކަށްވެސް އެ ގިފްޓްހެމްޕާ ލިބޭނެއެވެ.
އިނާމު ހޯދުމަށް އެތަނުގައި ނަގާ ފޮޓޯ FathersDaywithSTO# ބޭނުންކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްލަންޖެހޭނެއެެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
އެސްޓީއޯއިން މިއަދު ހިންގާ ދެވަނަ ޕްރޮމޯޝަނަކީ އެ ކުންފުނިން އެތެރެކޮށް ވިއްކާ ގްރޫމިން ސާމާނުތަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ރެމިންޓަން އަދި ފިލިޕްސް ބްރޭންޑުގެ ޝޭވްކުރާ ސާމާނާއި ޓްރިމަރުތަކުން ދިހަ ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު