ދުނިޔޭގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ ޔަމަހާ ބްރޭންޑުން ގިނަ ދުވަސްތަކަކަށްފަހު 'ޔަމަހާ ފްރައިޑޭ' ގެ ނަމުގައި ހާއްސަ ސައިކަލު ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި މަޝްހޫރު ޔަމާހާ ބްރޭންޑުގެ އައުޓުބޯޑު އިންޖީނާއި މޮޓޯސައިކަލުގެ ސޯލް ޑިސްޓްރިބިއުޓާ، އެލިއާއިން ކުރިއަށްގެންދާ މި ޕްރޮމޯޝަން ހުޅުމާލެ ރުއްގަނޑު-1 ސަރަހައްދުގައި މިހާރު ވަނީ ފަށައިފައެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

މި ހަރަކާތުގެ ހާއްސަ ކަންތައްތަކުގެ ތެރޭގައި، ޔަމަހާ ސައިކަލަށް ބޭނުންވާ ބައެއް ސާވިސްތައް ވަގުތުން ފޯރުކޮށްދިނުމާއި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ބާއްވާ 'ކިޑްސް ޒޯނެއް' ކުރިއަށްދާނެއެވެ. މީގެ އިތުރުންވެސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޔަމާހާ ސައިކަލުގެ ތަފާތު މޮޑެލްތަކާއި ކުލަތައް މި އިވެންޓުގައި ވަނީ ދައްކާލައިފައެވެ.

އެލިއާއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަނަކީ އެއްފަހަރާ ފައިސާ ދައްކާފައި ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށާއި އިންސްޓޯލްމަންޓަށް ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލު ގަންނަ ފަރާތްތަކަށް ޙާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަހުން މަހަށް ފައިސާ ދައްކާގޮތަށް ސައިކަލު ގަންނަ ފަރާތްތަކުން ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 50 ޕަސެންޓު ކުޑަވާނެ ކަމަށް އެލިއާއިން ބުންޏެެވެ.

އެލިއާއިން ވިއްކާ ކޮންމެ ސައިކަލެއްގެ އަގުގެ ފުރަތަމަ ބައި ދެއްކުމުން ކަސްޓަމަރުގެ އަމިއްލަ ނަމުގައި އެ ސައިކަލު ރަޖިސްޓަރީ ކޮށްދެއެވެ. އަދި އެކުންފުނިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދާ ސްކީމެކެވެ.

އެލިއާއިން މައުލޫމާތުދޭ ގޮތުގައި މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަގާ ފަރާތްތަކަށްވެސް ސައިކަލު ލިބޭނީ އެފަރާތެއްގެ ނަންމަތީގައި ޕްރައިވެޓް ބޯޑުގައެވެ. އަދި އިންސްޓޯލްމަންޓުގެ މުއްދަތު 36 މަސްދުވަހުގެ މުއަދަތަކަށް ބަހާލުމުގެ ފުރުސަތުވެސް ކަސްޓަމަރަށް ލިބިގެންދާނެ ކަމަށް އެލިއާއިން ބުންޏެެވެ.