އެވިޑު ކޮލެޖުގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ލޯ އިން އިންތިޒާމްކޮށްގެން މިދިޔަ ރޯދަމަހު ބޭއްވި "އެވިޑް ރަމަޟާން ކުއިޒު 1443" ކާމިޔާބުކުރި ފަރާތަށް އުމްރާ ދަތުރުގެ ލިޔުން ހަވާލުކޮށްފިއެވެ.
"އެވިޑް ރަމަޟާން ކުއިއްޒު 1443" ކުރިއަށް ގެންގޮސްފައިވަނީ އެވިޑް ކޮލެޖުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނިމިގެންދިޔަ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ދީނީ ސުވާލެއް ހުށަހެޅުމުން އެސުވާލުގެ ރަނގަޅު ޖަވާބު ދިމާކޮށް އެވިޑް ކޮލެޖަށް މެންދަމު ބާރަ ޖެހުމުގެ ކުރުން ފޮނުވާ ގޮތަށެވެ.
އެވިޑު ކޮލެޖުން އިއްޔެ ބުނީ، އިއްޔެ މެންދުރުފަހު އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުއިޒްގެ ހުރިހާ ސުވާލުތަކަކަށް ރަނގަޅު ޖަވާބު ފޮނުވި 19 މީހުންގެ މެދުގައި ގުރުއަތުލުން ބޭއްވި ކަމަށެވެ.
އެ މިހުންގެ ތެރެއިން ގުރުއަތުން ހޮވި އުމްރާ ދަތުރު ކާމިޔާބުކުރީ ޅ. ހިންނަވަރު، ދައުހަދާގެ އައިޝަތު އަމާނީ ކަމަށް އެވިޑު ކޮލެޖުން ބުންޏެވެ.
އުމްރާ ދަތުރުގެ ލިޔުން އައިޝަތު އަމާނީއާ ހަވާލުކޮށްދެއްވީ އެވިޑު ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދުއެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންގެން އަންނަ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު