ހދ. ކުމުންދޫގައި ހަދާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތްކުރާ އެމްޓީސީސީން ބުނީ، ހަޓްގެ މަސައްކަތް ފެށީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކްއަކާއި ވެއިޓިން އޭރިއާއެއްގެ އިތުރުން ފާހާނާވެސް ހުންނާނެއެވެ.
މި ފެރީ ސްޓޮޕަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރާ ފެރީ ސްޓޮޕެކެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އިހަވަންދޫގައި ފެރީ ޓާމިނަލާއި ފިނޭއާއި ނާވައިދޫގައި ފެރީ ހަޓްގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ.
ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަޝްރޫއު ތަންފީޒު ކުރަނީ ތިން ފިޔަވައްސެއްގެ ދަށުންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު