ހދ. ފިނޭގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ފިނޭ ފެރީ ހަޓުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

ފިނޭގައި ގާއިމުކުރާ ފެރީ ސްޓޮޕްގައި ކިއުސްކް އަކާއި ވެއިޓިން އޭރިއާއެއްގެ އިތުރުން ފާހާނާވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފެރީ ސްޓޮޕަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމުކުރާ ތަނެކެވެ.